އެމްއެންޑީއެފުން ހިންގި ”ސްޓޭންޑަޑް ފަސްޓް އެއިޑް އެންޑް ސީޕީއާރު އޭއީޑީ“ ކޯސް، 12 ސްކައުޓުން ފުރިހަމަކޮށްފި އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްތައް ތަމްސީލުވާނެހެން އުފައްދާފައިވާ މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕުގެ ދަރިވަރުންނަށް އެމްއެންޑީއެފް އިން ހިންގި މި ކޯސް މާލޭގެ ހަތަރު ސްކޫލެއްގެ 12 ސްކައުޓުން ފުރިހަމަކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ
ހަ ދުވަހުގެ މުއްދަތަކަށް މޭ މަހުގެ 5 އިން 11 އަށް ހިންގި މި ކޯހަކީ، މާލޭގެ 40 ވަނަ ސްކައުޓް ގުރޫޕުގެ ދަރިވަރުން، ފަސްޓްއެއިޑް އަދި އެމްބިއުލާންސް ބެޖު ހާސިލުކުރުމުގެ ގޮތުން ހިންގި ކޯހެކެވެ.
މި ކޯސް ނިންމުމުގެ ގޮތުން ހިރިޔާ ސްކޫލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓާއި ސީޕީއާރު ޕްރޮވައިޑަރ ކާޑު ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާނު އެމްްއެންޑީއެފް މެޑިކަލް ކޯރގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގް، މޭޖަރ ޑރ. މުޙައްމަދު ފާލިޙް ޢަލީ އެވެ.
މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި، ކޯހުގެ މުދައްރިބުންނާއި ހިރިޔާ ސްކޫލުގެ އިސްވެރިންނާއި ކޯހުގެ ދަރިވަރުން ބައިވެރިވި އެވެ.




