މެންދުރުފަހު 14:30 ގައި ނެރުނު ވައިޓް އެލާޓް މިރޭ ދަންވަރު ބާރަ ޖެހުމާއި ހަމަޔަށް ދަންމާލައިފި އެވެ.
މޫސުމއި ބެހޭ ގައުމީ އިދާރާއިން، މިރޭ ދަންވަރާއި ހަމަޔަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެވެހި ގުގުރާނެކަމަށް ލަފާކޮށްނެވެ. މެޓް އޮފީހުން ބުނެފައިވަނީ އެލާޓް ނެރެފައިވާ ވަގުތުތަކުގައި،19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުންދާއިރު ހުރިހައި ރައްޔިތުންވެސް ރައްކާތެރި ފިޔަވަޅު އަޅައިގެން ތިބުމަށް ކަމާއިބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ވަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބެކުމަށް ފަހުގައި ނޫނީ ދަތުރުނުކުރުމަށާއި، ދަތުުރކުރާއިރ ސަަލާމަތީ އާލަތްތައް ހަމަކޮށްގެނ ނޫނޫ ދަތުރު ނުފެށުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.



