ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ލ. ގަމުގައި އިމާރާތް ކުރާ 100 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއު މޮބިލައިޒްކޮށް، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެގޮތުން މި މަޝްރޫއަށް ބޭނުންވާ މެޝިނަރީ އާއި ތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިހާރު ލ. ގަމަށް ގެންގޮސްފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މި މަޝްރޫއު އަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެޗްޑީސީ އިން ކުރިއަށްގެންދާ މަސައްކަތެކެވެ.
ލ. ގަމުގައި އެޗްޑީސީން އިމާރާތްކުރާ 100 ހައުސިންގް ޔުނިޓުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ފޮނުވާފައިވާއިރު، އެ ކުންފުނިން ހދ. ކުޅުދުއްފުށީގައި އިމާރާތްކުރާ 400 ހައުސިންގް ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިދިޔަ ހަފުތާގައި ވަނީ އެ ރަށަށް ގެންގޮސްފައެވެ.



