ރަށްރަށުގެ މޫދަށާއި ގޮނޑުދޮށަށް ކުނިއަޅާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މޫދަށާއި ގޮނޑުދޮށަށް ކުނިއަޅާ މީހުންނަށް އަދަބު ދެވޭ ގަވައިދެއް އެކުލަވާލަމުން އަންނަ ކަމަށެވެ.
މިފަދަ ގަވައިދެއް އެކުލަވާލަނީ ބަޔަކަށް އަދަބު ދިނުމުގެ ބޭނުމުގައި ނޫން ކަމަށާއި ބޭނުމަކީ ހޭލުންތެރިކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް މަދު ފަހަރެއްގައި އަދިވެސް އެބަ ދިމާވޭ މޫދަށް ކުނިއެޅުން. ރަށްރަށުގައި ކުނިއަޅަން ނުޖެހޭ ތަންތަނަށް ކުނިއެޅުން، ގޮނޑުދޮށަށް ކުނިއެޅުން. މިކަންތައްތައް ކުރާ މީހުން އަޅުގަނޑުމެން މި ގަވައިދުގެ ދަށުން ލަޔަބަލް ކުރުވާނަން. އަދި ޖޫރިމަނާ ކުރަންޖެހޭ ނަމަ ޖޫރިމަނާ ކުރެވޭނެ،“ އޭނާ ވިދާޅުވި އެވެ.
މިނިސްޓަރ ތޯރިގު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަކީ އިގްތިސޯދާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ މިކަންތައް ހަރުކަށިކޮށް ބަލަހައްޓަން ޖެހޭ ކަމަށެވެ.



