ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން އިއްޔެ ފާހަގަކޮށްފިއެވެ.
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާރިޗު 2016 ގައެވެ.
އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި ސައުދިއާގެ ފްލައިޓް، SV838 ގެ ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި އެ އެއާލައިނުން އިއްޔެ ފުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.

ސައުދިއާ އިން ރާއްޖެއަށް ފާއިތުވި 10 އަހަރު ދަތުރު ކޮއްފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެން ވަނީ ގޮސްފައެވެ.



