އައްޑޫއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި މަނީ ލޯންޑަރިން ކުށުގެ އަމަލުތަކެއް ހިމެނޭކަމަށް ތުހުމަތުކުރާތީ، ކަސްޓަމްސްއާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަން ޕީޖީ އޮފީހުން ފުލުހުންނަށް ލަފާދީފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހިތަދޫ ރީޖަނަލް ޕޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 15 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގަތް މައްސަލަ ތަހުގީގުކޮށް، ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭކަމަށް ތުހުމަތުކުރާތީ ޕޮލިހާއި ކަސްޓަމްސް ގުޅިގެން ތަހުގީގު ކުރިއަށްގެންދަން ވަނީ ލަފާ އެދިފަ އެވެ.
އެނގިފައިވާ އެ ކޮންޓެއިނަރު އެތެރެކުރީ ނެސޯ ހޯމް ނަމަކަށް ކިޔާ ކުންފުންޏަކުން، ވިޔަފާރި މުދާގެ ނަމުގަ އެވެ.
ނަމަވެސް، އެ ކޮންޓެއިނަރު ފާސްކުރިއިރު ޑިކްލެއާ ކޮށްފައިވާ ގިނަ އަދަދެއްގެ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު ހުއްޓެވެ. އޭގައި 368 ފޮށިގަނޑު ނުވަތަ 1،840،000 ސިނގިރޭޓު ސްޓިކް ފެނިފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން، ނެސޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަސަން ދީދީގެ ޕާސްޕޯޓު ވެސް ހިފެހެއްޓިއެވެ.




