އައްޑޫސިޓީ އާއި ފުވައްމުލައްސިޓީއަށް އޮޮރެންޖް އެލާޓްނެރެފި އެވެ.
މޫސުމާއިބެހޭގައުމީ އިދާރާއިން ހެނދުނު މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރުނެވެ. އެހެންނަމަވެސް ފަހުން 10:00 ޖެހިއިރު މިދެސިޓީ ޔެލޯއެލާޓްއަށް މަތިކުރިއެވެ. އަދި 13:30 ޖެހިއިރު ޔެލޯ އެލާޓް ހަވީރު 05:30 އާ ހަމަޔަށް ދަންމާލި އެވެ.
އަނެއްކާވެސް މޫސުން އިތުރަށް ދިރާސާކޮށް ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީ ވަނީީ އޮރެންޖް އެލާޓަށް ބަދަލުކޮށްފަ އެވެ. މި ދެ ސިޓީއަށް އޮރެންޖެ އެލާޓް ނެރެފައިވަނީ 15:00 އިން ރޭގަނޑު 07:00 ޖެހުމާއި ހަމަޔަށެވެ.
މުސުމާއި ބެހޭ އިދާރާއިން ބުނީ، އެލާޓް ނެރެފައިވާ ވަގުތުތަކުގައި، ގަޑިއަކު 34 މޭލާއި 40 މޭލާ ހަމައަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދ، އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
މި ތިން ދުވަހު މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، އައްޑޫ ސިޓީއަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. ރޭ އެސިޓީގެ ފޭދޫގައި ފެންބޮޑުވި އެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފެން ހިންދާ މިހާރުވަނީ އާންމު ހާލަަތއް ގެނެސްފައެވެ.
އެހެން އަތޮޅުތަކަށް ބަލާއިރު ބ އަތޮޅުން ފެށިގެން ގދ އާ ހަމަޔަށް އޮތީ ޔެލޯ އެލާޓްގަ އެވެ. އަދި ހއ އިން ފެށިގެން ރ އަތޮޅާއި ހަމަޔަށް އޮތީ ވައިޓް އެލާޓްގަ އެވެ.
މިއަދު ހަވީރު 18:00 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއިއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.އަދި،ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، ރާޅުތަކުގެ އުސްމިން 9-5 ފޫޓާއި ދެމެދަށް ހުންނާނެ ކަމަށް އެއިދާރާއިން ލަފާ ކުރެއެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45-50 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ހިސާބުތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތުމާއި އެކު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.



