ވޯޓުގެ ސިއްރުކަން ނުހިފެހެއްޓޭ ކަމަށް ބުނެ ގދ. ގައްދޫ ސްކޫލް މަރުކަޒުގައި ބަޔަކު ހަމަނުޖެހުން ހިންގައިފިއެވެ.
ފުލުހުން ބުނީ، ގައްދޫ ސްކޫލުގައި ވޯޓުލުން ކުރިއަށްދަނިކޮށް، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ތައްޔާރުކޮށްފައިވާ ބޫތެއްގައި، ފާހަގަ ޖާހާއިރު ވޯޓުގެ ސިއްރުކަން ނުހިފޭކަމަށް ބުނެ ބަޔަކު އެތަނަށް ވަދެ ބޫތަށް ބަދަލުގެންނަން އުޅުމުގެ ސަބަބުން ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ.
ނަމަވެސް، މިހާރު ވަނީ އެ ސަރަހައްދު އާންމު ހާލަތަކަށް ގެނެވިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ އާންމުވަމުންނެވެ.
އޭގެން ފެންނަ ގޮތުގައި ބަޔަކު ވަނީ އެތަނުގައި ހަމަނުޖެހުން ހިންގާ، އަޑުގަދަކޮށް، އެ މަރުކަޒުގެ އެތެރެއަށް ވެސް ވަންނަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން އެ ސަރަހައްދު ކޮންޓްރޯލުކޮށް، އެމީހުން އެތެރެއަށް ވަނަނުދީ ހުއްޓުވާ މަންޒަރުވެސް ފެނެއެވެ.




