ވާދަވެރި 3 އިންތިހާބު މިއަދު ކުރިއަށްދާއިރު، އޮޅިގެން ނުބައި ފޮއްޓަށްލެވޭ ވޯޓް ކަރުދާސްކޮޅު ބާތިލެއް ނުވާނެ އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހްް ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ވޯޓް ލުމަށް ކޮންމެ މަރުކަޒެއްގައި ތިން ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އަދި ތިން ކަރުދާސް ކޮޅެއްވެސް ވޯޓުލާންދާ މީހުންނަށް ދޫކުރެއެވެ.
އެގޮތުން ވޯޓް ކަރުދާސްކޮޅުގައި ފާހަގަ ޖެހުމަށްފަހު ކަރުދާސްކޮޅު ވައްޓާލަން ޖެހެނީ އެކަމާއި ގުޅޭ ވޯޓް ފޮއްޓަކަށެވެ.
އީސީގެ ނައިބު ރައީސް ވިދާޅުވީ އިންތިހާބާއި ބެހޭ ޝަކުވާ ކޮމެޓީއަށް މިހާތަނަށް 10 ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. އޭގެތެރޭގައި މަނާ ވަގުތު ކެމްޕެއިން ކުރިކަމުގެ ޝަކުވާތަކާއި ނުބައި ފޮއްޓަކަށް ވޯޓް ކަރުދާސްކޮޅު ވައްޓާލުމުން ވޯޓް ބާތިލުވެދާނޯ އަހާ ހުށައަޅާފައިވާ ޝަކުވާ ހިމެނޭކަމަށް ސަލާހް ވިދާޅުވިއެވެ.
މީގެއިތުރުން ސަލާހް ވިދާޅުވީ އޮޅިގެން ނުބައި ފޮއްޓަކަށް ވޯތް ކަރުދާސްކޮޅު ލެވުނު ނަމަވެސްް އެ ވޯޓް ބާތިލު ނުވާނެކަމުގެ ޔަގީންކަން ކޮމިޝަނުންް ދޭ ކަމަށެވެ.



