ވާދަވެރި 3 އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4 ޖަހާއިރު ބަންދު ވާނެ ކަމަށާއި އޭގެ ކުރިން ކިޔޫއަށް އަރަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އީސީގެ ރައީސް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 2 ޖެހުމާ ހަމައަށް 44 ޕަސެންޓް މީހުން ވޯޓުލާފައިވާ އިރު ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި ވެސް ތިބި ކަމަށެވެ.
ވޯޓުލާން ކިޔުއަށް އަރަން ބާކީ އޮތީ 25 ވަރަކަށް މިނެޓެވެ.
އެހެން އިންތިހާބުތަކުގައި ވޯޓުލުމުގެ ގަޑި އިތުރުކުރިޔަސް މި އިންތިހާބުގައި ގަޑި އިތުރުކުރުމުގެ ވިސްނުމެއް އީސީގެ ނެތްކަމަށް ޒާހިދު ވިދާޅުވިއެވެ.
އެހެންކަމުން ޒާހިދު އިލްތިމާސްކުރެއްވީ 4 ގެ ކުރިން ވޯޓު ކިޔޫގައި ޖެހުމަށެވެ. އަދި ވަގުތު ހަމަވުމުގެ ކުރިން ކިޔޫއަށް އަރައިފި ނަމަ ވޯޓުލުމުގެ ފުރުސަތު އީސީން ދޭނެ ކަމަަށް ވެސް ވިދާޅުވިއެވެ.




