އިންޑިއާގެ މެދުތެރޭގެ ސަރަހައްދަށް މިއަދު އައި ބިންހެލުމަކާ ގުޅިގެން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މި ހާދިސާއާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ކަހަލަ ނުރައްކަލެއް ނެތް ކަމަށެވެ. އަދި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް އޮތްތޯ ބެލި ބެލުމުން، އެފަދަ ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.
މިކަމާއި ގުޅިގެން މެޓް އޮފީހުން ބުނީ، މި ބިންހެލުމަކީ 5.3 މެގްނިޓިއުޑުގައި އައިސްފައިވާ ބިންހެލުމަކަށްވާތީ، ނުރައްކާތެރި މިންގަނޑަކީ 7 ޕޮއިންޓުގައި އަންނަ ބިންހެލުންތައް ކަމަށެވެ. އަދި މިފަދަ ބިންހެލުމުގެ ސަބަބުން ސުނާމީވެސް އަރާނެ ކަމަށް މެޓު އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. އަދި 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، 9.1 މެގްނިޓިއުޑުގެ ބާރުމިނުގައި އައިސްފައިވާ ސުނާމީއެއްކަންވެސް އެ އިދާރާއިން ވަނީ ފާހަގަ ކޮށްފައިވެއެވެ.
އެއިދާރާއިން އިތުރަށް ބުނީ، އެބޭފުޅުން މި މައުލޫމާތު ދުރާލާ ހިއްސާ ކުރަމުން އައި ނަމަވެސް ކާރިސާއެއް ކުރިމަތިވާނެކަމުގެ ބިރުވެރި ކަމެއް ނެތް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިކަމުގެ އަސަރު އައްޑޫސިޓީއަށް ކުރާކަމަށް ބުނެފައި ވީނަމަވެސް އެކަން ކަމަކީ ސީދާ މި ބިންހެލުމުގެ ސަބަބުން ކުރި އަސަރެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ބުންޏެވެ.



