ހޫނުގަދަ ދުވަސްތަކަކަށް ފަހު މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނުގަދައެވެ. އެގޮތުން މިދިޔަ މާރިޗު މަހުން ފެށިގެން އިއްޔެއާ ހަމައަށް ވެސް އުތުރާއި މެދު ރާއްޖެ ތެރެއަށް ވަރަށް ހޫނުގަދަވިއެވެ.
މެޓް އޮފީހުން ބުނީ، މިއަދު ރާއްޖޭގެ ދެކުނުގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި މާދަމާއާއި އަންގާރަ ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ބުރާސްފަތި ދުވަހު ވިއްސާރަ ކުރާނީ ހަމައެކަނި ދެކުނަށް އެކަނި ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.



