ފީއަލީ ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުން އެބަދެއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 09:15 ހާއިރު، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ އަލިފާންގަނޑު ނިއްވާލުމަށް އެސަރަހައްދުގައި ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާއާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.




