އެސްޓީއޯ ޕީޕަލްސް ޗޮއިސް ރަމަޟާން ބާޒާރު 2026 ގެ ލަކީ ޑްރޯ ނަގައި، އެ ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ 100،000 ރުފިޔާގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ. މި ލަކީ ޑްރޯގެ ނަށިބުވެރި ފަރާތަކަށް ހޮވިފައިވަނީ ހުސައިން އަމްޖަދެވެ.
ލަކީ ޑްރޯ ނެގުން ކުރިއަށް ގެންގޮސްފައިވަނީ 8 އޭޕްރިލް 2026 ވީ އަންގާރަ ދުވަހު، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އައުޓްލެޓްގައެވެ.
އެސްޓީއޯ އިން މި އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ބޭއްވި ރަމަޟާން ބާޒާރު ކުރިއަށް ދިޔައީ 15 ޑިސެމްބަރު 2025 ން ފެށިގެން 18 މާރިޗު 2026 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓްތަކަކުން ވަރަށް އަގުހުރި ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދިޔައެވެ.
އެގޮތުން އާއްމުންގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ، ފިލިޕްސް އަދި ރަސެލްސް ހޮބްސް ބްރޭންޑުގެ ގޭތެރޭގައި ބޭނުން ކުރާ ގިނަ ސާމާނަކުން ބޮޑެތި ޑިސްކައުންޓްތަކެއް ވަނީ އަޅުވާފައެވެ.
އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް މިފަދަ ވަރަށް އަގުހުރި ޕްރޮމޯޝަންތައް ބާއްވަމުންދެއެވެ.
މި ޕްރޮމޯޝަންތަކުގެ މައިގަނޑު މަގްސަދަކީ ރޯދަ މަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށް ދިނުން ކަމުގައި އެސްޓީއޯއިން ބުނެފައިވެއެވެ.




