މާލޭގެ މާފަންނުގައި ހުރި ގެއެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 18:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި ވެއްޓިފައިވަނީ ބިދޭސީ އެކެވެ. އޭނާ ވެއްޓުނީ އެގޭގެ 10 ވަނަ ފަންގިފިލާއިންނެވެ. ނަމަވެސް ފުލުހުން އަދި މިކަން ކަށަވަރެއް ނުކޮށްދެއެވެ.




