ށ. މިލަންދޫއިން މަހަށް ނުކުމެ އުޅެނިކޮށް މިއަދު ގެއްލުނު މީހާ ފެނިއްޖެއެވެ.
ކުޑަ ދޯންޏެއްގައި މިއަދު މެންދުރު މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނީ އެރަށު ސިނަމް / މުހައްމަދު އިހުސާން އެވެ.
އޭނާ ގެއްލިގެން ހޯދަމުންދާ ކަމަށާއި އެކަމުގައި މިލަންދޫ ރައްޔިތުންގެ އެހީތެރިކަމަށް އާއިލާގެ ފަރާތުން އެދިފައިވާކަމަށް، މިލަންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.
ނަމަވެސް ގެއްލިގެން ހޯދަމުން ދިޔަ މީހާ، މީގެ ދެތިން ގަޑިއިރު ކުރިން ފެނިފައިވާ ކަމަށް މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވަނީ ބައެއް މީޑިއާތަކަށް މިހާރު ކަށަވަރު ކޮށްދެއްވާފައެވެ.
”އޭނާ ބައްޕަ ރަށް ކޮމަންޑޫއަށް ދިޔައީ ދޯނި އަނބުރާލައިފައި. ދެން ފޯނު އޮތީ ގޭގައި ބާއްވައިފައި“ ކައުންސިލު ރައީސް އާތިފް ވިދާޅުވެފައިވެއެވެ.



