ފަލަޞްޠީނުގެ ޣައްޒާގެ އުތުރު ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ”ޖަބާލިއާ“ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ހަމަލާ ދީފި އެވެ.
”ޖަބާލިއާ“ ކޭމްޕަކީ އަމިއްލަ ގެދޮރުގެއްލި، ހާލުގައި ޖެހިފައިވާ އެތައްހާސް ފަލަޞްޠީނު ރައްޔިތުން ވަގުތީ ހިޔަލެއްގެގޮތުގައި ބޭނުންކުރަމުން އަންނަ ކޭމްޕެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އިޒްރޭލު ސިފައިން ރޭ ހަނގުރާމަމަތީ ވައިގެ އުޅަނދުތަކުން ”ޖަބާލިއާ“ ކޭމްޕަށާއި، އެކޭމްޕާއި އިންވެގެންވާ އާންމު އިމާރާތްތަކަށް މިސައިލް ހަލަލާތަކެއް ދީފައިވާއިރު، މިހަމަލާތަކުގައި 15 މީހުން މަރުވެ އިތުރު 30 މީހަކު ވަނީ ޒަޚަމްވެފަ އެވެ. މަރުވި އެންމެންނަކީވެސް ޣައްޒާގެ މުސްލިމުންނެވެ.
”ޖަބާލިއާ“ ކޭމްޕް ހުންނަ ސަރަހައްދަށް އިޒްރޭލުގެ ފައުޖުތަކުން ހަމަލާ ދޭތާ ހަތް ދުވަސްވެއްޖެއެވެ. ބައެއް ދުވަސްދުވަހު ކޭމްޕްތެރެއަށް ވަދެ ބަލާ ފާސްކުރަމުން އަންނަކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. އިޒްރޭލު ސިފައިންނާ ހެދި ކޭމްޕްގައި ދިރިއުޅޭ މީހުންނަށް ވަނީ ދަތި އުނދަގޫތަކާއި ކުރިމަތިވެފަ އެވެ.
މިިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން އިޒްރޭލުން ފަލަޞްޠީނަށް ދެމުން އަންނަ ހަމަލާތަކުގައި އެގައުމުގެ 35,233 މީހުން ވަނީ ޝާހީދުވެފަ އެވެ.



