އުމުރުން 30 އަހަރުގެ ޒުވާނަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ވީނުވީއެއް ނޭނގިގެން ފުލުހުން ހޯދަމުންދަނީ މއ. ބޯޅަކިންކިރިމާގެ، އަޙްމަދު އައިމަން އެވެ.
ފުލުހުން އޭނާ ހޯދަން ފެށީ، އާއިލާއަށް އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާއި ގުޅިގެންނެވެ.
ފުލުހުން ބުނީ، އަޙްމަދު އައިމަން އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ 21:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައި ވާކަމަށެވެ.
އަޙްމަދު އައިމަންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.




