ކ.ތުލުސްދޫގައި ގެސްޓްހައުސްއެއް އަޅައި، ވިޔަފާރި ކުރާނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.
ގެސްޓްހައުސްް ހަދަން ކައުންސިލުން ނިންމާފައިވަނީ އެރަށުގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޑެޓަށް އެރަށުގެ ޓޫރިޒަމް ޒޯނުން ކައުންސިލުން ހަމަޖައްސާފައިވާ 14871.07 އަކަފޫޓްގެ ބިމެއްގަ އެވެ. މި ބިމުގައި ގެސްޓްހައުސްއެއް ތަރައްގީކޮށް، ހިނގުމުމުގެ އިތުރުން އެތަނުގައި ވިޔަފާރި ކުރާނެ ފަރާތެއް ހޯދަން ތުލުސްދޫ ކައުންސިލުން އިއްޔެވަނީ އިއުލާނުކޮށްފަ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ، އެ ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމުގެ ދައުވަތުގައި ބަޔާންކުރާގޮތަށް ބިޑް ރަޖިސްޓްރީކޮށް ބިޑް ހުށައެޅުމަށް އެދޭކަމަށެވެ. އަދި، ބިޑްތައް ނަގާ އިވަލުއޭޓްކޮށް އެވޯޑްކޮށް އަދި އެގްރިމެންޓްކުރާނީ އެރަށު ލޯކަލް އޮތޯރިޓީ ކުންފުނީގެ ފަރާތުން ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ. އަދި، އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ 7810048/6640191 ގުޅުއްވުން ނުވަތަ info@thulusdhoolac.com އަށް އީމެއިލް ކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.



