ގޮވާޒާތުގެ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށް ދަސްކޮށްދޭ އެޑްވާންސް ކޯހެއް އެމްއެންޑީއެފް އިން ފަށައިފި އެވެ.
”އެޑްވާންސް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ކޯސް“ ގެ ނަމުގައި އިއްޔެ އެމްއެންޑިއެފް އިން ފެއްޓި މި ކޯހަކީ ސްރިީލަންކާގެ އަސްްކަރިއްޔާގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ ލެވެލް 3 ފެންވަރުގެ ކޯހެއް ކަމަށް އެމްއެންޑިއެފް އިން ބުނެފައި ވެއެވެ.
އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 27 ސިފައިން ބައިވެރިވެފައިވާއިރު، މި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރައްވަނީ މި ދާއިރާގެ ތަޖުރިބާ ލިބިފައިވާ ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓްރަކްޓަރުންކަމަށްވެސް އެމްއެންޑިއެފް އިން ބުނެފައި ވެއެވެ.
”މި ކޯހުގައި ކޮންވެންޝަނަލް އެމިއުނިޝަން ޑިސްޕޯސަލްއާއި، އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި، އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އެޑްވާންސް ފެންވަރަށް އުނގަންނައިދެވޭނެ.“ އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
އެމްއެންޑީއެފްއާއި ސްރީލަންކާ އަރމީ ގުޅިގެން ހިންގާ މި ކޯހުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ އެއްބާރުލުން ހަރުދަނާކޮށް، ދެ ޤައުމުގެ މެދުގައި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމްއެންޑީ އެފް އިން ބުންޏެވެ.
މި ކޯސް ފެއްޓުމުގެ ގޮތުން އިއްޔެ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދު އެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާ އަރމީ އިންޖިނިއަރސްގެ ހެޑް އޮފް ޓްރެއިނިންގ، ލެފްޓިނެންޓް ކާނަލް ޗަމިކަ ޖާގޮޑަގެ އިތުރުން ކޯހުގެ އިންސްޓްރަކްޓަރުން ބައިވެރިވި އެވެ.



