މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހުގެ އިސްތިއުފާ ހުށަހެޅުން ގަބޫލުކޮށް، މަގާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ބުނެފި އެވެ.
ޕީސީބީން ބުނީ، ނޫރައިން އިއްޔެ މަގާމުން ވަކިވުމަށް އެދި އިސްތިއުފާގެ ސިޓީއެއް ފޮނުވާފައިވާކަމަށެވެ. އަދި އިސްތިއުފާ ޤަބޫލުކޮށް މަޤާމުން އޭނާ މިހާރު ވަކިކޮށްފައި ވާކަމަށެވެ.
އެމްއެމްޕީއާރްސީންނާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ނޫރަައިން އިސްތިއުފާދެއްވިކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ނޫރައިން އިސްތިއުފާ ދެއްވީ ކޮންސަބަބަކާހުރެ ކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގަ އެވެ. ނޫރައިން އަކީ ރައީސް އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ. ނޫރައިން އެ މަގާމަށް އައްޔަންކުރުމުން، އެއީ ޖަނާހްގެ ނުފޫޒުގައި ލިބުނު މަގާމެއްކަމަށްބުނެ، ސިޔާސީ ފަރާތްތަކުން ދަނީ ޖަނާހްއަށާއި ނޫރައިންއަށް އަމާޒުކޮށް ފާޅުގައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެެވެ.
ނޫރައިން ވަނީ މަގާމުގައި ހުރި ދުވަސްވަރު ދިވެހިންގެ މަގްބޫލުކަން ހޯއްދަވާފަ އެވެ.


