ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ)ގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާތީ މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
ސްޓޭލްކޯއިން ބުނީ މިއަދު ދެ ސަރަަހައްދެއްގައި މި މަސައްކަތް ކުރިޔަށް ގެންދާނެކަމަށެވެ. އެގޮތުން، އަމީނީ މަގު، މިރިހި މަގު، ނިކަގަސް މަގު، އައިމިނާރަނި ހިނގުން އަދި ތަބްރޭޒީ ހިނގުން ހިމެނޭ ސަރަހައްދުގައި ހެނދުނު 10:00 އިން 12:00 އަށް، އަދި ބުރުޒުމަގާއި، ރަށްދެބައި ހިނގުން ހިމެނޭ ސަރަހައްދުގައި މެންދުރު 14:00 އިން ހަވީރު 16:00 އަށް ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓޭލްކޯއިން ބުންޏެވެ. މި މަސައްކަތް ކުރަމުންދާއިރު މި ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯގެ މާލޭގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި އެކި ޒޯންތަކަކަށް ބަހާލައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރަމުން ދާއިރު، ބައެއް ފަހަރު އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ. އެހެން ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ކަރަންޓް ފޯރުކޮށްދެއެވެ. މަސައްކަތްކުރާއިރު އަބަދުވެސް ދުރާލާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ މައުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ.


