13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން މިއަދު 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ކޮންރަށެއްގެ ކޮން ނަމެއް ކިޔާ ފަރާތެއް ކަމެއް އަދި މި މީހާ ހައްޔަރު ކުރުމާ ގުޅޭ އިތުރު އެހެން މައުލޫމާތެއް ހާމަކޮށްފައެެއް ނުވެއެވެ.
ކުޑަކުއްޖަކަށް ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، އިއްޔެ އެ މައުލޫމާތު ފުލުހުން ވަނީ ހިއްސާ ކޮށްފައެވެ. ފުލުހުންނަށް އެ މައުލޫމާތު ލިބުނުކަމަށް ބުނެފައި ވަނީ މި މެއި މަހުގެ 19 ވަނަ ދުވަހު ނޯތު ޕޮލިސް ޑިވިޒަނަށެވެ.
ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ ރަށްތަކެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހާ ހައްޔަރު ކުރުމުގެ ކުރިން 27 އަަހަރުގެ ވިއާމް ނަމަކަށް ކިޔާ، ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ މީހަކު ހޯދަން ފުލުހުން އިއުލާން ކުރިއެވެ. އެނގިފައިވާ ގޮތުން ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ މި މައްސަލައިގައި ތުހުމަތުކޮށް ހައްޔަރު ކޮށްފައިވާ މީހާ ކަމަށްވެއެވެ.



