ފުލުހުން ބުނީ މީހަކު ކަނޑުމަތިން އޮޔާދާކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:30 ކަންހާއިރު އެވެ.
އެމީހާ އަށް މިވަތުގު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ.
މިދުވަސް ވަރު ވަރަށް ބޮޑަށް މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީހުން) ވަނީ ބައެއް އަތޮޅު ތަކަށް އޮރެންޖް އެލާޓް ނެރިފައެވެ. އަދި މިދުވަސް ވަރު ކަނޑު ދަތުރުފަތުރު ކުރުމާގަޔާއި، މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އިއްޔެ ފިހަޅޮހި އައިލެންޑް ރިސޯޓުގައި ފަތުރުވެރިޔަކު މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައިވާއިރު، ބުރާސްފަތި ދުވަހު ސެންތާރާ އައިލެންޑް ރިސޯޓުގައި ފަތުރުވެރިޔަކު ގެނބެނިކޮށް ސަލާމަތް ކުރަން އުޅުނު މުވައްޒަފަކު ވެސް ވަނީ ގެނބިގެން މަރުވެފައެވެ.



