ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 212 ފުޅި ބަނގިރަލާއި 50 ދަޅު ބިޔަރު ނައްތާލައިފިއެވެ.
ފުލުހުން ބުނީ އެކިއެކި މައްސަލަތަކުގައި އެފަރާތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލާފައިވާ ކަމަށެވެ
މި ހިނގާ މެއި މަހުގެ 24 ވަނަ ދުވަހު ނައްތާލާފައިވަނީ 212 ފުޅި ބަނގުރަލާއި 50 ދަޅު ބިޔަރެވެ.
ފުލުހުން ބުނީ މިތަކެއްޗަކީ މި އަހަރުގެ އެޕްރީލް މަހުގެ 17 އިން ފެށިގެން މެއި މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.
ބަނގުރާ ނައްތާލުން ވިލިނގިލި ޕޮލިސް ސްޓެޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށްވެސް ފުލުުހުން ވަނީ ހާމަކޮށްފައެވެ.



