ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސި އެފްއޭކަޕްގެ ޗްމްޕިއަންކަން ހޯދައިފި އެވެ.
ރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެފްއޭ ކަޕްގެ ފައިނަލް މެޗަށް މެންޗެސްޓަރ ޔުނައިޓެޑު ނިކުތީ ވަރަށް ފޯމުގަ އޮވެގެންނެވެ. ފުރަތަމަ ހާފް ގައި މޮޅުކުޅުމެއް ދައްކާ މެޗުގެ ލީޑުކުރީ އެޓީމުންނެވެ. މެންޗެސްޓަރ ސިޓީގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ފުރިހަމަ ފައިދާ ނަގާ އާޖެންޓީނާގެ ކުޅުންތެރިޔާ އަލެހަންދްރީ ގަރްނާޗޯ މެންޗެސްޓަރ ޔުނައިޓެޑަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގަ އެވެ. އޭގެ 9 މިނެޓް ފަހުން ޕޯޗުގަލްގެ ތަރި ބްރޫނީ ފާނެންޑޭޒް ދިން ޕާހެއްގެ ބޭނުން ރަނގަޅުގޮތުގައި ހިފާ މިޑްފީލްޑަރު ކޮއްޞީ މައިނޯ ދެވަނަ ގޯލު ޓީމަށް ކާމިޔާބުކޮށްދިނެވެ. މެންޗެސްޓަރ ޔުނައިޓެޑް ދެވަަނަ ހާފް ނިންމާލީ މެންޗެސްޓަރ ސިޓީއަށް ގޯލެއް ޖަހާނެ ފުރުސަތު ނުދީ ލީޑްގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި މެންޗެސްޓަރ ސިޓީގެ ފަރާތުން ފެނުނީ ވަރަށް ތަފާތު ކުޅުމެކެވެ. އެ ޓީމުން މަސައްކަތް ކުރަމުންދިޔައީ ޓީމަށް ބަދަލުތަކެއް ގެނެސްގެންވެސް ގޯލެއް ކާމިޔާބުކުރުމަށެވެ. މެޗުގެ 87 ވަނަ މިނެޓުގައި އެ ޓީމުގެ ޖެރެމީ ޑޮކު ގޯލެއް ކާމިޔާބުކުރި އެވެ. އޭގެ ފަހުންވެސް މެންޗެސްޓަރ އިން މެޗު އެއްވަރުކުރަން ގޯލެއް ކާމިޔާބުކުރަން އުޅުނެވެ. އެހެންނަމަވެސް މެންޗެސްޓަރ ޔުނައިޓެޑް ގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. ދެވަނަ ހާފް ނިމިގެން ދިޔައީ މެންޗެސްޓަރ ޔުނައިޓެޑްއަށް ލަނޑެއް ނުޖެހިއެވެ.
އެެހެންކަމުން މެޗު ނިމުނީ 2-1 އިން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެގެންނެވެ. މިއާއެކު އެ ޓީމު ވަނީ 25-2024 ގެ ޔޫއެފާ ޔޫރޮޕާ ލީގަށް ކޮލިފައި ވެފައެވެ. މިއީ، 2016 ވަނަ އަހަަރަށް ފަހު މެންޗެސްޓަރ އަށް އެފްއޭކަޕް ޗެމްޕިއަންޝިޕް ތަށި ލިބުނު ފުރަތަމަ ފަހަރެވެ. އަދި ކަޕް ކާމިޔާބު ކުރެވުނު 13 ވަނަ ފަހަރެވެ.



