ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ސާދަ އަހަރުގެ ޒޯޔާ ފެނިއްޖެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި ގެއްލިގެން ހޯދަމުން ދިޔަ ތ. މަޑިފުށި އަށް ނިސްބަތްވާ އާއިޝަތު ޒޯޔާ ފިކުރީ މާލެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ފުލުހުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސާދަ އަހަރުގެ ޒޯޔާ ފިކުރީ ނަމަކަށް ކިޔާ ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށާއި އެކުއްޖާ މިހާރު ދިރިއުޅޭ އެޑްރެސް އަކީ ވ. ނާލިސް ކަމަށެވެ. އަދި އެންމެ ފަހުން އެ ކުއްޖާ ފެނިފައި ވަނީ މި މެއި 21 ވަނަ ދުވަހު އެގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކުއްޖާ ގެއްލިގެން އާއިލާއިން މިދިޔަ އަހަރުވެސް ފުލުހުންނަށް ރިޕޯޓްކޮށްގެން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ގެއަށް އައި ކަމަށް އާއިލާއިންވަނީ އަންގާފައެވެ.




