ޒަކާތު ފަންޑުން 168 މީހަކަށް މި އަހަރުގެ އޭޕްރީލް މަހު ސިއްހީ ކަންކަމުގައި ވެފައިވާ އެހީތެރިކަަމުގެ ބޮޑު ބައި ހޭދަކޮށްފައި ވަނީ ކެންސަރުގެ ފަރުވާއަށް ރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސް އިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ބޭސް ފަރުވާއަށާއި، ޒަރޫރީގެ އެހީގެ ގޮތުގައި އާއި ސްކޮލާޝިޕްތަކަށް ހަރަދުކޮށްފައި ވެއެވެ.
އޭޕްރިލް މަހު ވެސް ޒަކާތު ހައުސްގެ މެދުވެރިިކޮށް އެންމެ ގިނަ އެހީ ދީފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރާ ފަރާތްތަކަށް ކަމަށާއި އެފަރާތްތަކަށް ދޫކޮށްފައި ވަނީ 373،175ރ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައިވާ ހަށިގަނޑުގެ ބައެއް ފިހިގެން ފަރުވާ ހޯދާ ފަރާތްތަކަށް ހޭދަކޮށްފައި ވަނީ 165،446.25ރ. އެވެ،
ތިންވަނައަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ހިތުގެ އޮޕަރޭޝަންތަކަށެވެ، އެއީ 106،012.50ރ އެވެ. މީގެ އިތުރުން ނިއުމޯނިއާއަށް ފަރުވާ ކުރުމަށް 100،000ރ ދުކޮށްފައިވާއިރު، ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށް 25،443ރ ދޫކޮށްފައި ވެއެވެ. އަދި އެހެނިހެން ބަލިތަކަށް 731،293.50ރ ދޫކޮށްފައި ވެއެވެ.
މިދިޔަ މަހު ޒަކާތު ހައުސްއިން އެހީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ހަމަޖެއްސިއިރު، އޭގެ ކުރީ މަހުގެ އަދަދުތަކާއެކު މިދިޔަ މަހު 506،501ރ. ހަރަދުކޮށްފައި ވެއެވެ.




