ޔޫރަޕުގެ ޤައުމި ލީގުތަކުގައި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށް ކޮންމެ އަހަރަކުވެސް ދޭ ”ގޯލްޑަން ބޫޓް“ އެވޯޑު، ޖަރުމަނުގެ ބަންޑެސްލީގާގައި ކުޅޭ ބަޔާން މިޔުނިކް ގެ ފޯވަޑް ހެރީ ކޭން ހާސިލް ކޮށްފިއެވެ.
36 ގޯލާއިއެކު ހެރީ ކޭން މި އެވޯޑު ހާސިލްކޮށްފައިވާއިރު، ގޯލްޑަން ބޫޓް ރޭންކިން ގެ ދެވަނައިގައި އޮތީ ހަމަ ބަންޑެސްލީގާގައި ކުޅޭ ވީއެފްބީ ސްޓުޓްގާރޓް ގެ ސާރހައު ގުއިރަސީ އެވެ. އޭނާ ޖަހާފައިވަނީ 28 ގޯލެވެ.
ރޭންކިން ގެ 3 ވަނައިގައި 27 ގޯލާއިއެކު ދެ ކުޅުންތެރި އެބަ އޮތެވެ. އެއީ ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭގެ އިތުރުން މެންޗެސްޓާ ސިޓީ ގެ ތަރި އާލިންގ ހާލާންޑް އެވެ. ހާލާންޑް އަކީ މިދިޔަ އަހަރުގެ ގޯލްޑްން ބޫޓު 36 ގޯލާއިއެކު ހާސިލް ކުރި ކުޅުންތެރިޔާއެވެ.
ފުޓުބޯޅައިގެ ތާރީހުގައި ގޯލްޑަން ބޫޓް އެވޯޑު އެންމެ ގިނަ ގޯލާއިއެކު ހާސިލް ކޮށްފައި ވަނީ 2011 ވަނަ އަހަރު ލިއޮނަލް މެސީ އެވެ. މެސީ ވަނީ އެ އަހަރު ބާސެލޯނާއަށް ކުޅެ 50 ގޯލް ޖަހާދީފައެވެ.




