މޯލްޑިވް ގޭހުގެ މައި ޓާރމިނަލް ކަމުގައިވާ ތިލަފުށީގެ އެލްޕީޖީ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެލައިޑް އިންޝުއަރެންސް ކުންފުންޏާއިއެކު އެކްސްޓަރނަލް ފައިނޭންސިންގ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އެލައިޑް ހެޑް އޮފީހުގަ އެވެ. މި އެއްބަސްވުމުގައި، މޯލްޑިވް ގޭހުގެ ފަރާތުން މި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު އެވެ. އަދި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ލުވައިޒް އެވެ.
މޯލްޑިވްސް ގޭސް އިން ބުނީ، މި މަޝްރޫއު ނިމޭއިރު، މިހާރު ގޭހުގެ ސްޓޯރޭޖުގެ ގޮތުގައި 35 ދުވަހަށް ރައްކާކުރެވޭ މިންވަރު ގާތްގަނޑަކަށް 5 މަސްދުވަހަަށް އިތުރުވެގެންދާނެ އެވެ. އަދި، ގޭހުގެ ސްޓޯރޭޖުގެ މައްސަލަ މިއަހަރުގެ ނިޔަލަށް ހައްލު ކުރެވިގެންދާނެ ކަމަށްވެސް މޯލްޑިވްސް ގޭހުން ބުނެފައި ވެއެވެ..




