20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިންތިހާބު ވެއްޖެއެވެ.
އަބްދުއްރަހީމް މަޖްލީސް ގެ ރައީސް ކަމަށް އިންތިހާބު ވީ 71 މެމްބަރުންގެ ވޯޓާއިއެކުއެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސްއަކަށް ނަން ހުށަހެޅި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ވޯޓުގައި 92 މެމްބަރުން ބައިވެރިވި އިރު، 7 ވޯޓު ކަރުދާސް ވަނީ ބާތިލްކޮށްފައެވެ.
މިއަދު އޮތް 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް ގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމްއެވެ. އަދި އެ ނަމަށް ތާއީދު ކުރެއްވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުއެވެ.
އިތުރު ތަފްސީލު އަންނަަނީ…



