ވިހިވަނަ ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރިން މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.
ރައީސް ޑރ މުއިއްޒު މިއަދު ހުވައިކުރައްވާ މަޤާމާ ޙަވާލުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެންބަރުންނަށް މަރުޙަބާ ދެންނެވީ އެކްސް ޕޯސްޓެއް ގައެވެ.
ރައީސް ޑރ މުއިއްޒުގެ މި ޕޯސްޓުގައި ވިދާޅުވީރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، މި ފަހަރު މަޖިލިސް އެންމެ އިތުބާރުހުރި ގައުމާއި ރައްޔިތުންނަށް އެންމެ ގޮތުގައި ކަންކަން ނިންމާ މަޖިލީހަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވި މެންބަރުން ހުވާކުރަށްވާފައިވަނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގަ އެވެ. ވިހި ވަނަ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.



