ވައިކަރަދޫގައި، ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ފަސްވަނަ ދުވަސް ހާއްސަކުރެވިފައި ވަނީ ތިމާވެށީގެ ދުވަހުގެ ގޮތުގައެވެ. މިއަހަރު ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވަނީ އެޓްމޮސްފިއާ ފައުންޑޭޝަނާއި ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ވައިކަރަދޫގައެވެ.
އެޓްމޮސްފެއާ ފައުންޑޭޝަނަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ އެޓްމޮސްފިއާ ކުންފުނިން މުޖުތަމައުއަށް ފައިދާ ހުރި އެކި ކަންކަމަށް އެހީ ދިނުމަށް އުފައްދާފައިވާ ފައުންޑޭޝަނެކެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ސްކޫލް ކުދީންނާއި ޢާންމުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތަކުގެ ތެރެއިން ”އޮނު ގަސް“ މައުޟޫގެ ދަށުން ބާއްވާ މުބާރާތްތަކަކީ
- މަޒުމޫނު ލިޔުމުގެ މުބާރާތް،
- ލީފްލެޓް ހެދުމުގެ މުބާރާތް،
- ޕޯސްޓަރު ކުރެހުމުގެ މުބާރާތް،
- ފޮޓޯ ނެގުމުގެ މުބާރާތް
- އޮނުން ތަކެތި ހެދުމުގެ މުބާރާތް
އެޓްމޮސްފިއާ ފައުންޑޭޝަނާއި ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން އެ ރަށުގައި މިއިޔަ އަހަރުގެ އޮކްޓޯބަރ މަހު ވަނީ 101 ގަސް އޮނު އިންދާފައެވެ. އެ ގަސްތަކުގެ ތެރޭގައި 11 ވައްތަރެއްގެ އޮނުގަސް ހިމެނެއެވެ.




