ބުރުޒުމަގުގައި ދެ ސަައިކަލު ހިނގި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ބުރުޒުމަގު ޓީވީ މޯލްޑިވްސް ކުރިމަޔިން 2 ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 10:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިއެކްސިޑެންޓުގައި އަނިޔާވި 4 މީހުންގެ ތެރެއިން އެކަކަަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދާ ކަމަށާއި އެއީ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




