މަސްތުވާތަކެއްޗާއެކު މޯލްޑިވސސް ކަރެކްޝަން ސާވިސްގެ ޑިއުޓީ އޮފިސަރަކު ހަައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ 9:12 ހާއިރު މާފުށީ ޕޮލިހުން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރީ މާފުށީ ޖަލު ކައިރިން ހުއްޓުވައި ބަލައި ފާސްކުރި އިރު، ބަރުދަނުގައި 38.4 ގުރާމުގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން ކަމަށް ފުލުހުން ބުންޏެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




