މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)ގެ ތަމްރީންތަކެއް ފުރިހަމަކުރަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.
ނިޔާވީ ލ. ކައްދޫގައި އެމްއެންޑީއެފްއިން މިހާރު ކުރިޔަށް ގެންދާ އަސްކަރީ ތަމްރީނުގެ ބައިވެރިވި ލާންސް ކޯޕްރަލް މުހައްމަދު ޒައިދާން އެވެ.
އެމްއެންޑީއެފް އިން ބުނީ، ޒައިދާން ނިޔާވީ ލ. މާވަށް ކައިރީ ކަނޑުގައި ތަމްރީނުގެ ބައެއް ކުރިއަށްދަނިކޮށް މިޔަރެއް ދިން ހަމަލާއެއްގައި ފަރުވާ ހޯދަމުން ދަނިކޮށްކަމަށެވެ. ލ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވީ މިރޭ 20:40 ހާއިރުގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ރ. އުނގޫފާރު/ ނިއުލައިފް މުހައްމަދު ޒައިދާން ނިޔާވުމާއި ގުޅިގެން އެމްއެންޑީއެފް އިން ވަނީ ތައުޒިޔާ ކިޔާފަ އެވެ.



