ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިޔަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން މިއަދު އިފްތިތާހުކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި، ސްޓްރެޓެޖިކް ޕްލޭން އިފްތިހާތުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ގެ އިތުރުން ފުލުހުންގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ފުލުހުން އެކުލަވާލި ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މައިގަނޑު ފަސް ކަމަކީ؛
– ކޮމްބެޓިން ކްރިމިނަލް ތްރެޓްސް
– ޕްރިއޯރަޓައިޒިން ކޮމިއުނިޓީ އެންގޭޖްމަންޓް އެންޑް ޕޮލިސިންގ
– މޮޑަރނައިޒިންގ އެންޑް އަޕްގްރޭޑިންގ ޕޮލިސް އިންފްރާސްޓްރަކްޗަރ އެންޑް ޕްރެކްޓިސް
– ފޮސްޓަރިންގ އިފެކްޓިވް ގަވަރނެންސް އެންޑް ލީޑަރޝިޕް ޑިވެލޮޕްމަންޓް
– އެންޝުއަރިންގ އެކައުންޓެބިލިޓީ އެންޑް އެތިކަލް ކޮންޑަކްޓް
ފުލުހުން މިއަދު އެކުލަވާލި ސްޓްރެޓެޖިކް ޕްލޭނާއިއެކު، ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި ފުލުހުން ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން މަސްތުވާތަކެއްޗާއި ގޭންގު ވައިލެންސާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާއެކު ޑްރަގް އަދި ވައިލެންޓް ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ގާއިމުކުރެވިގެންދިއުމާއި ސްކޭމްގެ ޝިކާރައަކަށްވުން މަދުކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރެވިގެންދިއުމާއި ނެއިބަރހުޑް ޕޮލިސިންގ އިތުރަށް ތަރައްގީކުރުމަށްޓަކައި ލޯކަލް ޕޮލިސިންގ ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތަންފީޒުކުރުމުގެ މަސައްކަތްކުރެވިގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މުސްތަގުބަލަށް ފޯކަސްކުރާ އަދި އަދި ޑޭޓާ ޑްރައިވަން ޕޮލިސިންގ ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ގާއިމުކުރެވިގެންދިއުމާއި އަރބަން ސެންޓަރުތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތާއި ޕޮލިސް ބޭސިކް ސްކިލްސް ތަރައްގީކުރުމާއި ލީޑަރޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއަރ ތަމްރީނު ޕްރޮގްރާމްތައް ފެށުމުގެ މަސައްކަތުގެ އިތުރުން ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒުކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވަރނަންސް އަދި ޑިސިޝަން މޭކިންގ ނިޒާމުގައި މި ފްރޭމްވޯކް ބޭނުންކުރުމުގެ މަސައްކަތްފެށިގެންދާނެ ކަމަސްވެސް ފުލުހުން ވިދާޅުވިއެވެ.




