އިސްރަށްވެހިންތަކަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް)ގެ ކޯސްޑްގާޑު ޝިޕް ހުރަވީ ދައްކާލައިިފި އެވެ.
މިއަދު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީން އިންތިޒާމުކުރި މި ޒިޔާރަތުގައި 32 އިސްރަށްވެހިން ބައިވެރިވި އެވެ.
މި ޒިޔާރަތުގައި އިސްރަށްވެހިންނަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ތާރީޚް ހިމެނޭހެން ކޯސްޓްގާޑާ ބެހޭ މަޢުލޫމާތާއި، ކޯސްޑްގާޑު ޝިޕް ހުރަވީއާ ބެހޭ މަޢުލޫމާތާއި، އުޅަނދުގައި ބޭނުންކުރާ ޑައިވިންގ އަދި ފަޔަރ ފައިޓިންގ އާލާތްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މި ޒިޔާރަތުގައި، އިސްރަށްވެހިންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ހުރަވީގައި މަސައްކަތްކުރާ ސިފައިންނެވެ.




