ފުވައްމުލައް ސިޓީ، ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިންގއަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، އެމީހާ ޑައިިވިންގ ނިންމާފަައި ދޯޏްޏަށް އެރިފަހުން ހާލުދެރަވެގެން ފުވައްމުލައް ހޮސްޕިޓަލަށް މިއަދު 11:26 ހާއިރު ގެންދިޔަ ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ނިޔާވެފައިވަނީ އުމުރުން 70 އަހަރުގެ ޗައިނާ މީހެކެވެ. މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާކަމަށް ފުލުހުން ބުންޏެވެ.



