ސިނަމާލެ-3 ގެ ފެން މޯޓަރ ގެ ކޭބަލް ބުރިކޮށްގެން ވަގަށް ގެންގޮސްފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ހިނގި މިހާދިސާގެ ސަބަބުން އެތަނުގައި ދިރިއުޅޭ މީހުންނަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހުނުކަމަށެވެ. އަދި، އެ މައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. ސިޓީ ކައުންސިލުން ބުނީ، މި ފަދަ ކަންތައް ކުރާ ފަރާތަށް ހޯދާ ހަރުކަށި ފިޔަވަޅު އަޅަންޖެހޭކަަމަށެވެ.
ރޭގެ ވަގުތެއްގައި، ފުޑްކޯޓު ކައިރީ ރިންގް ރޯޑްގެ ލައިޓްތަކުގެ ކޭބަލްތައް ވެސް ވަނީ ވަގަށް ގެންގޮސްފަ އެވެ. ސިޓީ ކައުންސިލުން ބުނީ، ލައިޓްތަކަށް އަލުން ކޭބަލް ގުޅާ ދިއްލުމުގެ މަސަައްކަތް ކައުންސިލުން ކުރަމުން އަންނަކަމަށެވެ.
ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ދަނީ މާލެއަކީ ރަށްވެހިން ދިރިއުޅެން އަމާން ވެއްޓަކަށް ހެދުމަށް ގުޅިގެން މަސައްކަތްކުރަމުންނެެވެ.



