ދިވެހި ޙައްޖުވެރިންގެ ފަހު ގްރޫޕުގެ ޙައްޖުވެރިން މައްކާއަށް ފުރައިފިއެވެ.
ޙައްޖުވެރިންގެ ފަހު ގުރޫޕު މައްކާއަށް ގޮސްފައިވަނީ ހޯމަ ދުވަހު ހަވީރު ފުރި ސައުދީ އެއާލައިންގެ ފްލައިޓެއްގައެވެ.
އިއްޔެ ފުރި ގުރޫޕުގައި 150 ޙައްޖާޖީން ވަނީ މައްކާއަށް ގޮސްފައެވެ. މިއާއެކު މިއަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރި ޙައްޖާޖީންގެ އަދަދު ވަނީ 1150 އަށް އަރާފައެވެ.
މިއަހަރު ދިވެހި ހުރިހާ ޙައްޖާޖީންވެސް ގެންގޮސްފައިވަނީ ދައުލަތުގެ ޙައްޖު ކުންފުނި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖާޖީންގެ ހާލު ރަނގަޅުކަމަށާއި ކަންކަން ވަރަށް ތަރުތީބުން ކުރިއަށްދާ ކަމަށް ދިވެހި ޙައްޖު މިޝަންއިން ވަނީ ބުނެފައެވެ.



