ކުޅުދުއްފުށްޓާއި ހަނިމާދޫއަށް ޖެނެރޭޓަރު ފޮނުވުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.
ފެނަކައިން ބުނީ، ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނައި ޖެނެރޭޓަރުތައް ކަސްޓަމުން ކްލިޔަރކޮށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
ފެނަކައިން ބުނީ، މި މަަސައްކަރުގެ ދަށުން، ހދ. ކުޅުދުއްފުއްޓަށް 800ކވ އަދި 1200ކވ ގެ ދެ ޖެނެރޭޓަރު ފޮނުވަން މިހާރު އުޅަނދަށް ލޯޑްކޮށްފައިވާކަމަށެވެ. އަދި ހދ. ހަނިމާދޫ އަށް ފޮނުވާ 1200ކވ ޖެނެރޭޓަރުވެސް އެރަށަށް ފޮނުވަން މިހާރު ލޯޑްކޮށްފައިވާކަމަށް ފެނަކައިން ބުނެފައި ވެއެވެ. ފެނަކައިން ވަނީ އެކުންފުނިން ޚިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދީފަ އެވެ.
”މީގެ އިތުރުންވެސް އެހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް މި ކޯޕަރޭޝަން އިން އަންނަނީ މަސައްކަތްތަކެއް ކުރަމުން“ ފެނަކައިން ބުނެފައި ވެއެވެ.
ފެނަކައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 157 އިންޖީނުގެ ގާއިމުކޮށް، ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.



