މިއަދާއި މާދަމާ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) ގެ ޓްރާންސްފާ ސްޓޭޝަންތަކުން ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
ވެމްކޯއިން މި ބަދަލު ގެނައީ މިއީ، ހައްޖު ދުވަހާއި އީދު ދުވަސްކަމަށް ވާތީ އެވެ.
ވެމްކޯ އިން ބުނީ މިއަދާއި މާދަމާ އެ ކުންފުނިން ހިދުމަތް ދޭން ފަށާނީ މެންދުރު 14:00 އިން ފެށިގެން ކަމަށެވެ. އެގޮތުން، މާލެ އަދި ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުން މިއަދު ޚިދުމަތް ދޭނީ މެންދުރު 14:00 އިން މެންދަމު 00:00 އާ ހަމަޔަށް ކަމަށެވެ. އަދި، ވިލިމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުން މެންދުރު 14:00 އިން ރޭގަނޑު 22:00އަށް، ތިލަފުށީ ޑިސްޕޯސަލް ސައިޓުން މެންދުރު 14:00 އިން ހަވީރު 17:00އަށް ކަމަށެވެ.
އަތޮޅު ތެރޭގެ ސްޓޭޝަންތަކަށް ބަލާއިރު، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މެންދުރު 14:00 އިން ރޭގަނޑު 21:30އަށް އަދި ހުޅުމީދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުން މެންދުރު 14:00 އިން ހަވީރު 16:00 އަށް އަދި ފުވައްމުލައް ސިޓީ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުން ޚިދުމަތް ފޯރުކޮށްދޭނީ މެންދުރު 14:00 އިން ހަވީރު 16:00 އަށްކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.



