އީދަށް ޚާއްސަކޮށް ގައުމީ އެއާލައިން، މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ ޓިކެޓްތައް އަގުހެޔޮކޮށްފި އެވެ.
މޯލްޑިވިއަނުން އީދަށް ޚާއްސަކޮށް ފެށި މި ޕްރޮމޯޝަންގެ ދަށުން އެ އެއާލައިނުން ރާއްޖޭގެ 16 މަންޒިލަކަށް ކުރާ ދަތުރުތަކުގެ ޓިކެޓް ވަނީ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން، އަތޮޅު ތެރެއިން މާލެއަށް ފުރަން 13 ޖޫން އިން 16 ޖޫންއަށް، އަދި އަނބުރާ ރަށަށް ދިއުމަށް 17 ޖޫންއިން 24 ޖޫންއަށް ކުރާ ދަތުރުތަކަށް ނަގާ ޓިކެޓްތައް ޑިސްކައުންޓް އަގުތެއްގައި ލިބޭނެކަމަށް މޯލްޑިވިއަނުން ބުނެފައި ވެއެވެ. އަދި، މިހާރު ޓިކެޓްތައް ޕްރޮމޯޝަން ރޭޓުގައި ނެގޭނެކަމަށް މޯލްޑިވިއަނުން ބުނެފައި ވެއެވެ.
އީދު ޕްރޮމޯޝަން ޓިކެޓް އަގުތައް:
- ކޫއްޑޫ: 1111 ރުފިޔާ
- މާފަރު: 999 ރުފިޔާ
- މަޑިވަރު: 949 ރުފިޔާ
- ކައްދޫ: 1055 ރުފިޔާ
- ހަނިމާދޫ: 1111 ރުފިޔާ
- ކުޅުދުއްފުށި: 1111 ރުފިޔާ
- ތިމަރަފުށި: 1111 ރުފިޔާ
- ފުނަދޫ: 1055 ރުފިޔާ
- ފުވައްމުލައް: 1155 ރުފިޔާ
- މާވަރުލު: 1133 ރުފިޔާ
- އިފުރު: 999 ރުފިޔާ
- ހޯރަފުށި: 1133 ރުފިޔާ
- ގަން: 1222
- ކާނޑެއްދޫ : 1333 ރުފިޔާ
- ފަރެސްމާތޮޑާ: 1133 ރުފިޔާ
- ދަރަވަންދޫ: 749 ރުފިޔާ
މޯލްޑިވިއަނުން އީދާ ދިމާކޮށް ޚާއްސަ އަގުތަކެއް ކަނޑައަޅާފައި މިވަނީ، އީދަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކަށް ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. އަދި، ފަސިންޖަރުންނަށް ލުއި ފަސޭހަގޮތެއްގައި ދަތުރުފަތުުރުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.



