މާލޭގައި މާރާމާރީއެއް ހިންގި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ، ހޮނިހިރު ދުވަހުގެރޭ 22:30 ހާއިރު ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނު ކަމަށެެވެ. އަދި މިމައްސަލައާއި ގުޅިގެން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ފުލުހުން ބުނީ، މި މާރާމާރީގައި އަނިޔާވި މީހަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށެވެ. އެހެންނަމަވެސް އޭނާގެ ހާލަތު ސީރިއަސް ނޫންކަމަށް ސެނެހިޔާ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ..



