އިސްލާމިކް މިނިސްޓްރީއާ އެކްސެލް އިންޓަނޭޝަނަލް ސްކޫލް ގުޅިގެން ޢީދު ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އިސްލާމީ މަރުކަޒު އަދި ކުޑަކުދިންގެ ބަގީޗާގައި ކަމަށެވެ.
މި ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާ ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ކުދިން ޝައުޤުވެރިވާނެ ފަދަ ތަފާތު އެދި ކުޅިވަރުތައްވެސް މި ހަވީރުގައި ކުޅެވޭނެ ގޮތަށް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ކުޑަކުދިންގެ ހަވީރަކީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ކުޑަކުދިން އެކުގައި އުފާވެރި ވަގުތުތަކެއް ހޯދައިދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ކުޑަކުދިންގެ ހަވީރެއް ކަމަށެވެ.



