ޅ. ނައިފަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ، އެރަށުގެ އުތުރު ފަރާތު ސިނާއީ ސަރަހައްދުގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައި ރޯވެގެންނެވެ.
އެމްއެންޑީއެފް އިން ބުނީ އާދީއްތަދުވަހުގެ ރޭ 20:05 ހާއިރު ނައިފަރު ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން އެޓެންޑުވި ކަމަށެވެ. އެގޮތުން، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ލަކުޑިތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 20:30 ހާއިރުކަމަށް އެމްއެންޑިއެފް އިން ބުނެފައި ވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.




