ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކުރިޔަށްގެންދިޔަ ’ވިން އަ ޓެސްލާ ޕްރޮމޯޝަން‘ ގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
ޓެސްލާގެ ނަސީބު ވެރިޔާ ހޮވާފައިވަނީ އަޟްހާ އީދު ފާހަނގަކުރުމަށް މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ދިރާގުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ އީދު ޝޯވ ގައި ނެގި ލަކީ ޑްރޯ އިންނެވެ. އެ ލަކީ ޑްރޯއިން ޓެސްލާ ކާރު ލިބުނީ ދިރާގުގެ ކަސްޓަމަރެއް ކަމަށްވާ މުސްތަފާ މުޙައްމަދަށެވެ.
ދިރާގުން ބުނީ ކާރުގެ ނަސީބުވެރިޔާއަށް ގުޅައި އެކަން މިރޭ އަންގާފައިވާނެކަމަށެވެ. އަދި، އޭނާއަށް ރަސްމީކޮށް ކާރު ހަވާލުކުރަން ހަރަކާތެއް އެހެން ތާރީޚެއްގައި ބާއްވާނެކަމަށެވެ.
’ވިން އަ ޓެސްލާ ޕްރޮމޯޝަން‘ އަކީ އެކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކަސްޓަމަރުންނަށް ތަފާތު އަގުހުރި އިނާމްތަކެއް ދިނުމުގެ މަގުސަދުގައި އެކުންފުނިން މިިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ ޕްރޮމޯޝަނެކެވެ.
އެ ޕްރޮމޯޝަނުގައި، ޕޯސްޓްޕެއިޑް 450 ޕްލޭން ނުވަތަ ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބްކޮށްގެން ޚާއްސަ ޕޯޓަލްއަކުން ބައިވެރިވުމުގެ ފުރުސަތު ދިރާގުން ދީފައި ވެއެވެ. އަދި ޕްރޮމޯޝަން ފެށިއިރު ދިރާގުގެ ޚިދުމަތް ބޭނުން ކުރަމުންދިޔަ ކަސްޓަމަރުންނާއި، އަލަށް ދިރާގާ ގުޅުނު ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުުރުސަތު ދިރާގުން ދީފައި ވެއެވެ.




