ސިނަމާލެ ބްރިޖްގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާ މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ އިންޑިއާ ފިރިހެނެއް ކަމަށާއި، އޭނާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން ބުނީ، އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ މަސައްކަތުގައި އުޅެނިކޮށް ބޮލަށް އެނބުރުން އަރައިގެން ކަމަށެވެ. އަދި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާކަމަށް ޓްރީޓޮޕް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު އެ ބްރިޖް ތަރައްގީކުރި ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީން ކުރަމުންދެއެވެ. އެހެންނަމަވެސް މިއީ، އެކުންފުންޏަށް ނިސްބަތްވާ މީހެއްކަމެއް އަދި ސާފެއް ނުވެއެވެ.



