ގެއްލިގެން ހޯދަމުން އައި މ. އެނބޫމާގެއާގެ، ހަދީޖާ ޔަލްވީ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އުުރުން 14 އަހަރުގެ އެލްވީ ފުލުހުން ހޯދަން ފެށީ އޭނާގެ ޚަބަރެއް ނުވެގެން މިދިޔަ ހުކުރު ދުވަހު އާއިލާއިން ރިޕޯޓްކުރުމާއި ގުޅިގެންނެވެ.
ފުލުހުން ބުނީ، އޭނާ ފެނުނީ ރޭގެ ވަގުތެއްގައި މާލެ އިން ކަމަށެވެ. އަދި، ފެނުނު އިރު ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުވެސް އާއިލާއިން އޭނާގެ ޚަބަރެއް ނުވެގެން ރިޕޯޓްކުރި އެވެ. އެހެންނަމަވެސް ހަފުތާއެއްހާ ފަހުން އޭނާ އަމިއްލައަށް އަނބުރާ ގެއަށް ދިޔަކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.



